ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު ނާނާ ޕާޓެކަރު މަރުވުމާ ގުޅިގެން، އޭނާއަށް އަމާޒުކޮށް ބުނި ބަސްތަކެއްގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައިވާ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އޭނާގެ އެ ބަހުގައި ސާބިތުވެ ހުރި ކަމަށް ހާމަ ކޮށްފިއެވެ.
ނާނާ ޕާޓެކަރު މަރުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ތަނުޝްރީ ވަނީ "އީވިލް ޑެޑް" މި ލަފުޒު ބޭނުން ކޮށްފަ އެވެ.
2018 ވަނަ އަހަރު ކުރިއަށް ދިޔަ އިންޑިއާގެ މީ-ޓޫ ހަރަކާތުގެ ތެރެއިން ތަނުޝްރީ ވަނީ 2008 ވަނަ އަހަރު ޝޫޓިންއެއްގެ ތެރެއިން ނާނާ ޕާޓެކަރު އޭނާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށްފައެވެ. ނަމަވެސް ނާނާ މި ތުހުމަތުތައް އަބަދުވެސް ދޮގު ކޮށްފައިވެ އެވެ.
ނާނާގެ މަރާއެކު ތަނުޝްރީ ދެއްކި ވާހަކަތަކާ ގުޅިގެން، އިންޑިއަން ސިނަމާ ވޯކާސް އެސޯސިއޭޝަންއިން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެގޮތުން އެ ބަސްތަކަކީ މީހަކު މަރުވުމުގެ ހިތާމަވެރި ވަގުތެއްގައި ދެއްކުން އެކަށީގެންނުވާ ފަދަ، އަދި އަމިއްލަ މަޝްހޫރު ކަމަށްޓަކައި ބުނި ބަސްތަކެއް ކަމަށް އެ ޖަމިއްޔާއިން ތުހުމަތު ކޮށްފައިވެ އެވެ.
ނަމަވެސް، މި ފާޑުކިޔުންތަކަށް ރައްދު ދެމުން ތަނުޝްރީ ބުނެފައިވަނީ، މީހަކު މަރުވުމަކުން އޭނާ ކުރިން ކޮށްފައިވާ ގޯނާތަކާއި ކަންކަން ފޮހެވިގެން ނުދާނެ ކަމަށެވެ.
އެއާއެކު އޭނާގެ ނަޒަރުގައި އެ މީހަކު ކޮށްފައިވާ ކަންކަމުގެ ސަބަބުން ކުށްވެރިއެއްގެ ގޮތުގައި އަބަދުވެސް ސިފަވާނެ ކަމަށާއި، އޭނާ ވާހަކަދެއްކީ އަމިއްލަ ތަޖުރިބާ އާއި އިހްސާސްތަކަށް ބިނާކޮށް ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ސިނަމާ އާއި އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މީހަކު މަރުވުމުން އެފަދަ ބަސްތައް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އަނެއް ބައި މީހުން ދެކޭގޮތުގައި ޖިންސީ އަނިޔާއާއި ގޯނާ ލިބުނު ފަރާތްތަކަށް އެކަމުގެ ހަނދާންތަކާއި އަސަރުތައް ދުވަހަކުވެސް ފިލައިގެން ނުދާނެ އެވެ.
ސްޓްރެސް މެނޭޖްކުރުމަށް ހިޕްނޮތެރަޕީ
ސައުދީގެ އެއާޕޯޓަށް ހޫތީން ހަމަލާދީ 12 މީހުން މަރާލައިފި
"ސީކިން ކަނޑު"ން ލުޔޫނާ ދޭ ފުން މެސެޖު