ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސް ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާއިން މިއަދު މެންދުރުފަހު ވެއްޓުނީ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެ ހާދިސާ ހިނގުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި އެވެ. ވެއްޓުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އެ ޒުވާނާ ވެއްޓިފައިވަނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއަކުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރަހައެއް ނޫން، މިއޮތީ ޗޮކުލެޓް ކާހިތްވާ އަސްލު ސަބަބު!
"އެބެނޭޒާ"ގެ އާ ޓްރެއިލާ" ޖޮނީ ޑެޕް މުޅިން ތަފާތު ގޮތަކަށް!
ޝަކީރާއާ ގުޅުނު ކަމަށް ބުނާ ހަބަރުތައް ބެން ދޮގުކޮށްފި
