މެލޭޝިއާގައި އިއްޔެ ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ރޭ ނިޔާވެފައިވާއިރު، އެ ކުއްޖާގެ އާއިލާ އެ ގައުމަށް ގޮސް ތިބުމަށް އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ. އުމުރުން 21 އަހަރުގެ އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ.
މި އެކްސިޑެންޓް ހިނގީ މޯލަކުން ބާޒާރުކުރުމަށްފަހު ކުރުމަށް ފަހުގައި ގްރެބް ޓެކްސީއެއްގައި ރައްޓެއްސަކާއެކު ޕުޗޮންގް އަށް ދިޔަ މަގުމަތީގަ އެވެ. އެ އެކްސިޑެންޓަށް ފަހު އޭނާ ގެންގޮސްފައި ވަނީ ޕުޗޮންގުގެ ހޮސްޕިޓަލަކަށެވެ. އެނގިފައިވާ ގޮތުގައި އިމީލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
މި އަންހެން ދަރިވަރާއެކު، އިތުރު އެހެން ދަރިވަރަކު ވެސް އެ އެކްސިޑެންޓް ހިނގިއިރު އެ ކާރު ތެރޭގައި އިނެވެ. އެ ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް އެނގިފައިވެ އެވެ.
މި ހާދިސާ ހިނގި ތަނުގެ ފޮޓޯ އާއި ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ކާރު އޮތީ ފުށުން ޖެހިފަ އެވެ. އަދި ކާރެއް ޑޭޝް ކެމްއަކުން ނަގާފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދިވެހި ދެ އަންހެނުން ދަތުރުކުރި ކާރު ހައިވޭއެއްގެ ޓޮލް ލައިނަކަށް ވަންނަން ދިޔައީ ވަރަށް ބާރަށެވެ. ދެން ފެނުނީ ކުއްލިއަކަށް ފުރޮޅާލި މަންޒަރެވެ.
އިތުރު މައުލޫމާތު:
މަޒީނާ ލަބީބް 9558769
އިމީލީގެ މަންމަ، ޝަރޫނާ ލަބީބް: 7708230767001 (ރުފިޔާ އެކައުންޓް)
އިމީލީގެ ބައްޕަ، މުހައްމަދު ނާޒިމް: 7730000676326 (ޑޮލަރު އެކައުންޓް)
ބޮމްބޭ ހައިކޯޓުން ސަމާންތާގެ ޝަހުސީ ހައްގުތައް ހިމާޔަތް ކޮށްދީފި
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ކުއްލި މައްސަލައެއް
ސަލްމާންގެ "މާތުރަބޫމީ"އަށް ސަރުކާރުގެ ކްލިއަރެންސް ލިބިއްޖެ
