ބޮލީވުޑްގެ ތަރިންނަކީ އާއްމު ގޮތެއްގައި ވަރަށް އަގުބޮޑު ދިރިއުޅުމެއް ދިރިއުޅޭ ބައެކެވެ. އެމީހުންގެ ގެއަށް ގެންނަ ތަކެތީގެ އިތުރުން ގޭގައި ގެންގުޅޭ މުވައްޒަފުންގެ މުސާރައަށް ދަންދެން އެ މީހުން ހަރަދުތަކަކީ ހާހުން ގުނާލެވޭ ހަރަދުތަކެވެ.
މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންގެ ހަށިފާރަވެރިން ނުވަތަ ބޮޑީގާޑުންނަށް ލިބޭ މުސާރައަށެވެ.
ދީޕިކާ ޕަދުކޯން
ދީޕިކާ ޕަދުކޯންއާއި އޭނާގެ ހަށިފާރަވެރިޔާ ޖަލާލްގެ މެދުގައި ލޭގެ ގުޅުމެއް ނެތް ނަމަވެސް އެ މީހުންނަކީ އާއިލީ ގުޅުމެއް ހިއްސާކުރާ ދެމީހުންނެވެ. ހަބަރުތައް ބުނާ ގޮތުގައި ޖަލާލްގެ މުސާރައިގެ ގޮތުގައި އަހަރަކު 80 ލައްކަ ރުޕީސް ދީޕިކާ ހަރަދު ކުރެ އެވެ.
ސަލްމާން ޚާން
ޓައިގާގެ އެކްޓަރު ސަލްމާން ޚާންގެ ހަށިފާރަވެރިޔާ ޝޭރާ އޭނާއަށް ހިދުމަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ޝޭރާގެ އަހަރީ މުސާރައަކީ ދެ ކްރޯޑް ރުޕީސް ކަމަށް ބުނެވެ އެވެ.
އާލިއާ ބަޓް
އާލިއާ ބަޓްގެ ހަށިފާރަވެރިޔާ ސުނިލް ޓަލޭކަރް އާލިއާއަށް ހިދުމަތް ކުރަން ފެށީ އޭނާގެ ފުރާވަރު ދުވަސްވަރުގަ އެވެ. ސުނިލްގެ މުސާރައިގެ ގޮތުގައި ކޮންމެ އަހަރަކު 50 ލައްކަ ރުޕީސް ހޭދަކުރެވެ އެވެ.
ޝާހްރުކް ޚާން
ޝާހްރުކް ޚާންއާއި އޭނާގެ އާއިލާ ރައްކާތެރި ކުރުމުގައި ރެއާދުވާލު ހަރަކާތްތެރިވަނީ ރަވީ ނަމަކަށް ކިޔާ ހަށިފާރަވެރިއެކެވެ. ރަވީގެ އަހަރީ މުސާރައަކީ ގާތްގަނޑަކަށް 2.8 ކްރޯޑް ރުޕީސް ކަމަށް ހަބަރުތައް ބުނެ އެވެ.