ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް ގެއްލި އެމަގާމަށް ޕީއެންސީއަށް ލިބިއްޖެ އެވެ. އަދި މައިނޯރިޓީ ލީޑަރަކީ ޕީއެންސީގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުކަން ވެސް މިއަދުގެ ޖަލްސާގައި ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ޕީއެންސީއަށް މަޖިލީހުގެ މައިނޯރިޓީ ލިބިފައިވަނީ އެމްޑީޕީގައި ތިއްބެވި 12 މެންބަރުން އެ ޕާޓީއާ ގުޅިވަޑައިގަތުމުންނެވެ. އެ މެންބަރުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޕާޓީ ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ އަންގަވާފަ އެވެ.

ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން

  • ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
  • މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް
  • އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު
  • ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
  • ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް
  • މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
  • މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު
  • ނިލަންދޫ ދާއިރާގެ ޢަބްދުލްމުޙުސިން ޙަމީދު
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ
  • ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން
  • ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު

ޕީއެންސީގައި 14 މެންބަރުން ތިބިއިރު އެމްޑީޕީގައި 44 މެންބަރުން، ޑިމޮކްރެޓްސް 13 މެންބަރުން، ޕީޕީއެމްގެ ދެ މެންބަރުން، އެމްޑީއޭގެ ދެ މެންބަރުން، ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުން މަޖިލީހުގައި ހިމެނެ އެވެ.