މިއުޒިކް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑްސްގެ 66 ވަނަ އެޑިޝަން މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ލޮސް އެންޖެލަސްގައި ބާއްވައިފި އެވެ.

ދެކުނު އެފްރިކާގެ ކޮމީޑިއަން ޓްރެވާ ނޯއާ ހުށައަޅައިދިން މި އެވޯޑު ހަފްލާގައި ފާއިތުވި އަހަރު މިއުޒިކް ދާއިރާއިން ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވެ އެވެ.

އެގޮތުން އެވޯޑު ހާސިލްކުރި ފާހަގަ ކޮށްލެވޭ ނަންތަކުގެ ތެރޭގައި ޓޭލާ ސްވިފްޓް، ޝަންކަރް މަހާދޭވަން އަދި ޒާކިރު ހުސައިން ފަދަ ނަންތައް ހިމެނެ އެވެ.

މީގެ ތެރެއިން ޝަންކަރު މަހާދޭވަން އަދި ޒާކިރު ހުސައިންއަކީ އިންޑިއާގެ ދެ މިއުޒިކް ޑައިރެކްޓަރުންނެެވެ. އެ މީހުންގެ އަލްބަމް "ދިސް މޮމެންޓް" އަދި "ޝަކްތީ"އަށް އެވޯޑު ލިބިފައިވެ އެވެ.

މި އެވޯޑު ހަފްލާގެ ތެރެއިން ޑުއާލިޕާ، ބިލީ ޖޮއެލް އަދި އޮލިވިއާ ރޮޑްރިގޯ ފަދަ ތަރިންގެ ހުށައެޅުންތައް ވެސް ފެނިގެން ގޮސްފައިވެ އެވެ.