މިސްރު އަލް އަހްލީ އަތުން 2-0 އިން މޮޅުވެ، ބަޔާން މިއުނިކް ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގަތަރުގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލްގައި އަލް އަހްލީ އަތުން ބަޔާން މޮޅުވީ ޕޯލެންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޮޥްސްކީ ޖެހި ދެ ލަނޑުންނެވެ.

"މި މެޗުގައި ބަޔާންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ނުފެނުނަސް، މިއީ އަހަރެމެންނަށް ހައްގު މޮޅެއް،" ބަޔާންގެ މިޑްފީލްޑަރު ޖޮޝުއާ ކިމިޗް ބުންޏެވެ.

މުބާރާތުގެ ފައިނަލްގައި ބުރާސްފަތި ދުވަހު ބަޔާންއާ ދެކޮޅަށް ނުކުންނާނީ މެކްސިކޯ ޓިގްރޭސް އެވެ.

މިއީ ފީފާ ކްލަބު ވޯލްޑް ކަޕްގައި ބަޔާން ވަދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ބަޔާން ވަނީ 2013 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ވާދަކޮށް، އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.