ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާނަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ވަނީ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ލިޔުމުން ހިޝާނަށް އަންގާފަ އެވެ. އެގޮތުން އެ މައްސަލައިގެ ތަހުގީގަށް ހިޝާންގެ ބަޔާން ނަގާފައިވާއިރު، މިހާރު ކުރިއަށްދަނީ ފުލުހުންގެ ފަރާތުން މައުލޫމާތު ސާފުކުރުން ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
ހިޝާން ތުހުމަތު ކުރަނީ އޭނާއާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު އޭނާއަށް އަނިޔާކުރި ކަމަށެވެ.
ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހިޝާނާ ދެކޮޅަށް ފުލުހުން ތަހުގީގު ހިންގި ނަމަވެސް އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ދެއްކިފައެއްނުވެއެވެ.
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟
ތެލުގެ ސަބްސިޑީ ދެން ލިބޭނީ ރަޖިސްޓްރީ ވެގެން
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން ވެއްޓުނު ކުއްޖަކު މަރު
