އަނަންޔާ ޕާންޑޭއަކީ އެކި ކަންކަމުގައި އާއްމުންގެ ފާޑުކިޔުން އެކި ފަހަރު މަތިން އަމާޒުވެފައިވާ ތަރި އެކެވެ. އެގޮތުން އެންމެ ފަހުން އޭނާ ދެއްކި ވާހަކައަށް ވެސް އާއްމުންގެ ސަމާލުކަން މިވަނީ ލިބިފަ އެވެ.

ދާދިފަހުން އުމުރުން 25 އަހަރު ފުރުނު އަނަންޔާ ބުނީ އޭނާގެ އުމުރުން ވިހީގެ އަހަރުތައް ގުނަމުން އަންނަ ކަމަށާއި އެއާއެކު ކުރިއަށްވުރެ ޒިންމާދާރު ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން ވެސް އަނަންޔާ ވަނީ އުފަންދުވަސް ފާހަގަކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ކޮންމެ އަހަރަކު ވެސް އުފަންދުވަހަކީ މާ ބޮޑު ކަމަކަށް އެންމެން ހަދާ ކަމަށެވެ.

އަނަންޔާގެ މި ވާހަކަތަކާއެކު އާއްމުން އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން މުއްސަނދި އާއިލާއަކަށް ނިސްބަތްވާ "ބައްޕަގެ ޕަރީ"އަށް ޒިންމާއަކީ ކޮން އެއްޗެއްކަން ނޭނގޭނެ ކަމަށް އެމީހުން ބުނެ އެވެ.

ފިލްމީ ދާއިރާގައި އަނަންޔާގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2"އެވެ. ކުރިއަށް ވެސް އޭނާގެ ފިލްމުތަކެއް އެބަހުއްޓެވެ.