އއ. ތޮއްޑޫގައި ހިންގާ ޑައިވް ސެންޓަރެއްގައި ވަޒީފާ އަދާކުރާ ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި ހަމަލާ ދީފައި ވަނީ އެ ރަށު ޑައިވް ވިލާ ސެންޓަރުގައި ކަމަށެވެ. އެ ހާދިސާގައި ޒަހަމްވި 42 އަހަރުގެ މީހާ އަކީ އެ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ މީހެކެވެ. އޭނަ އަށް ހަމަލާދީ ޒަހަމްކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6:30 ހާއިރު އެވެ.
މާރާމާރީގައި ޒަހަމްވި މީހާ އަށް ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ގިނަ އަދަދެއްގެ ގެސްޓް ހައުސް ހިންގަމުން އަންނަ ތޮއްޑު އަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށެކެވެ.
މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކޮށްފި
ވާއިޒު މުރުޝިކްގެ މަގާމަށް ޝައިޚް މުހައްމަދު އިބްރާހީމް
ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ތިން މީހަކު ހައްޔަރު