ކިއުކަމްބާއަކީ ދިވެހިން އާއްމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތެކެވެ. ފަސޭހައިން ލިބެން ހުންނަ މި ތަރުކާރީއަކީ ކެއުމުގެ އިތުރުން ރީތިވުމަށް ވެސް އެކި ގޮތްގޮތުން ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން މި ބަލާލަނީ އެއިން ކުރެވޭ ބައެއް ރީތިވުމުގެ ބޭނުންތަކަށެވެ.

ލޯކައިރި ކަޅުވުން ދުރުކޮށްދޭ

ކިއުކަމްބާއަކީ ލޮލަށް ފަރުވާއެކެވެ. ހާއްސަކޮށް ލޮލުގެ ވަށައިގެން ކަޅުވުމާއި، ލޯ ރަތްވުމާއި ލޮލަށް ވަރުބަލިކަން އިހުސާސް ކުރެވޭނެ ނަމަ، ތުނިކޮށް ކިއުކަމްބާ ފޮއްޗެއް ކަފާލައިގެން ލޯމަތީގައި ބާއްވައިގެން އޮންނާށެވެ. އިސާހިތަކު އޭގެ އަސަރު އިހުސާސް ކުރެވެން ފަށާނެ އެވެ.

މޫނު އުޖާލާ ކޮށްދޭ

ސީދާ ތާޒާ ކިއުކަމްބާ އިން ތައްޔާރު ކުރެވޭ ފޭސް މާސްކަކީ މޫނަށް ވަރަށް ވަރަށް ރަނގަޅު ފަރުވާ އެކެވެ. މާސްކް ތައްޔާރު ކުރަން ކިއުކަމްބާގެ ތެރެއަށް ލުނބޯ ހުތާއި މިންޓްފަތް އަދި ބިހެއް އަޅައިގެން ރަނގަޅަށް ބްލެންޑް ކުރުމަށް، އެ މޫނުގައި އުނގުޅާށެވެ.

އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ

ކިއުކަމްބާ ބޭނުންކޮށްގެން ހަދާ ހެއާ މާސްކު ތަކަކީ ވެސް ނުހަނު ފައިދާހުރި އެއްޗެކެވެ. ކިއުކަމްބާ، ލުނބޯހުތް ބްލެންޑްކޮށް ޕޭސްޓެއް ހެދުމަށްފަހު އިސްތަށިގަނޑުގައި އުނގުޅުމަށްފަހު 15 މިނެޓު އިސްތަށިގަނޑު ޝަވާ ކެޕްއަކުން ފޮރުވާށެވެ. ތަފާތު ފެންނާނެ އެވެ.