ހަކުރު ބައްޔާއި ހިތުގެ ގިނަ ބަލިތަކެއް އާއްމު ވަމުން އަންނައިރު މިބަލިތަކުގެ މައި ސަބަބަކީ ހަކުރު ކަމުގައި ދިރާސާ ކުރައްވާ ބޭފުޅުންވަނީ ވިދާޅުވެފަ އެވެ. ހަކުރަކީ އޭގެ ބޭނުން މާ ގިނައިން ކޮށްފިނަމަ ހަށިގަނޑަށް އެތައް ގެއްލުމެއް ލިބޭ އެއްޗެވެ.

ބޮޑު މީހަކު ދުވާލަކު މޭޒު މަތީ ސަމްސަލުގެ ހަތް ސަމުސާވުރެ ގިނައިން ހަކުރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އާއްމުކޮށް މޭޒު މަތީ ސަމްސަލެއްގައި ހުންނާނީ ހަތަރު ގުރާމުގެ ހަކުރެވެ. އެއަށްވުރެ އިތުރަށް ހަކުރު ބޭނުން ކޮށްފިނަމަ އެއީ ސިއްޙަތަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން ގިނަ ބަލިތަކާއި ވޭންތަކާއި ކުރިމަތިވެ އެވެ.

ބަރުދަން އިތުރުވުން

އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުން ރާއްޖޭގައިވެސް ނިސްބަތުން ގިނަ ވަމުންދާއިރު، މިކަމަކީ ހަކުރު ބޭނުން ކުރުމާއި ގުޅުން ހުރި ކަމެއް ކަމަށް ދިރާސާ ތަކުން ދައްކަ އެވެ..

ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވުން

މާގިނައިން ހަކުރު ބޭނުން ކުރުމަކީ ނާރުތަކުގައި ސަރުބީ އަށަގަނެ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެކެވެ. އެއާއެކު ހަކުރު ބަލީގެ އެންމެ ނުރައްކަލަކީ ވެސް އެއީ އެވެ.

ޗިސްމޭގެ ބަލިތައް

މާގިނައިން ހަކުރު ބޭނުން ކުރުމުގެ ސަބަބުން ޗިސްމެއަށް ގިނަ ގެއްލުންތަކެއް ލިބި، ޗިސް މޭގެ މަސައްކަތްތަކަށް ބުރޫ އަރަ އެވެ. ނަތީޖާއަކަށް ވަނީ އެގުނަވަނުގެ ބަލިތަކަށް މަގުފަހި ވުމެވެ.