ދުނިޔޭގެ އެންމެ ބޮޑު ސްޓާޓްއަޕް އީކޯސިސްޓަމް ކޮމްޕެޓިޝަންގެ (ގްލޯބަލް ސްޓާޓަޕް އެވާޑްސް) ސާކް ސްޓާޓްއަޕް އެވޯޑްގެ ފައިނަލިސްޓަކަށް ދިވެހި ސްޓާޓްއަޕެއް ކަމަށްވާ “ޕޭޔާ” ހޮވިއްޖެ އެވެ.
“ސްޓާޓައަޕް އޮފް ދަ ޔިއާ” އަދި “ބެސްޓް ނިއުކަމާ” ކެޓަގަރީއިން މި ސްޓާޓަޕް ވަނީ ޝޯޓްލިސްޓްވެފަ އެވެ.
ޕޭޔާ ޝޯރޓްލިސްޓްވެފައި ވާނީ ސާކް ގައުމުތަކުން 500 އަށްވުރެ ގިނަ ސްޓާޓްއަޕްތަކާ ވާދަ ކޮށްގެންނެވެ. އަދި މި ސްޓާޓްއަޕަކީ މި އެ ވޯޑްގައި ރާއްޖެ ތަމްސީލް ކުރާ ހަމައެކަނި ސްޓާޓައަޕް އެވެ.
މި އެވޯޑްގެ ޝޯޓްލިސްޓް ކުރެވިފައިވާ ފައިނަލިސްޓުންނަށް ވޯޓުލުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޕޭޔާއަށް އޮންލައިންކޮށް ވޯޓުލުމަށް ތިރީގައިވާ ލިންކަށް ވަދެ ވޯޓު ދެވޭނެ އެވެ.
ޒުވާން ދިވެހި ޑިވެލޮޕަރުންތަކެއް އުފެއްދި ޕޭޔާއަކީ 2018ގައި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ވަސީލަތެއް ގާއިމުކުރަން ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަންއެކެވެ.
މީގެ ކުރިން ވެސް ޕޭޔާއަށް ވަނީ މޯލްޑިވެސް ބިޒްނަސް އެވާޑްސް 2019ގެ ސްޓާޓަޕް އޮފް ދަ އިޔާ ލިބިފަ އެވެ, އަދި ގަތަރުގެ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ގަތަރުގައި ބޭއްވޭ އެންމެ ބޮޑު އައިސީޓީ ފެއާގައި ވެސް ޕޭޔާގެ ޑިވެލޮޕަރުން ބައިވެރިވެފައިވެ އެވެ.