ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް)ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައި ހަތަރު ކޮމިޓީއަށް މެމްބަރުން އިންތިހާބުކޮށްފި އެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީހީ ފުރަތަމަ ސެނޭޓް ބައްދަލުވުން ބޭއްވީ އިއްޔެ ކަމަށެވެ. އަދި އެއާއެކު އަސާސީ ގަވާއިދުގައިވާ ހަތަރު ކޮމިޓީއަކަށް ބޭފުޅުން އިންތިހާބުކުރެވުނު ކަމަށްވެސް މަލީހު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެމްބަރު އެފްއާޒް ކޮމިޓީ ހިމެނެ އެވެ.
"ސެނޭޓްގެ ރުހުމާ އެކު ރިޔާސަތު ބަލަހައްޓަވާ ދެއްވީ ރައީސް ޔާމީން." މަލީހު ވިދާޅުވި އެވެ.
ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ގަ އެވެ. އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ރައީސް ޔާމީން ހިމެނޭހެން 20 މީހުން ވަނީ އައްޔަންކޮށްފަ އެވެ.
އެ ޕާޓީ އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށްދިނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
މި ވަގުތު ޕީއެންއެފްގެ ވަގުތީ ރައީސަކީ ރައީސް ޔާމީން ދަރިކަލުން ޒޭން އަބްދުﷲ ޔާމީންނެވެ.
މަޝްހޫރު ފިލްމު "3 އިޑިއަޓްސް"ގެ ސީކުއަލްއެއް އަންނަނީ؟
ލ. ލިންކް ރޯޑްގައި މީހަކު މަރުވި މައްސަލާގައި ނައުސާން ޖަލަށް
އެމެރިކާއިން ހީނުކުރާފަދަ ރައްދެއް ދޭނަން: އީރާން
