އައްޑޫ ސިޓީގައި ހިންގަމުން އަންނަ ސްޕާއަކުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި ތިން ބިދޭސީންނަކީ ވެސް ތައިލެންޑްގެ ތިން އަންހެނުންނެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުން މާދަމާއަށް
ކަރަންގެ އިންސްޓަގްރާމުން ޝާހުއާއި އާލިއާ އަންފޮލޯ ކުރީ ކީއްވެ؟
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!