ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަަތަމަ ލެގުގައި ރޭ ޔުވެންޓަސް އަތުން 2-1 އިން ޕޯޓޯ މޮޅުވެއްޖެ އެވެ.

ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗުގެ 63 ވަނަ ސިކުންތުގައި އެ ޓީމަށް ލީޑު ހޯދައިދިނީ މެހްދީ ތަރޭމީ އެވެ. އަދި ދެވަނަ ހާފު ފެށުނުތާ މިނިޓެއް ނުވަނީސް، މޫސާ މަރޭގާ ވަނީ ލަނޑެއް ޖަހައި ޕޯޓޯގެ ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 82 ވަނަ މިނިޓުގައި ޔުވެންޓަސް އަށް ލަނޑު ޖަހައިދިނީ ފެޑެރީކޯ ކިއޭސާ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޕޯޓޯގެ ކޯޗު ސާޖިއޯ ކޮސެންސާއޯ ބުނީ މެޗުގެ ފަހުކޮޅު ޕޯޓޯ ކޮޅަށް ލަނޑެއް ވަނުމަކީ ހިތްހަމަނުޖެހުމެއް ކަމަށެވެ.

"މެޗުގެ ބޮޑުބައި އަހަރެެމެން ވަރަށް ރަނގަޅަށް ޑިފެންސްކޮށް، ޔުވެންޓަސްގެ އެޓޭކް ހިފެހެއްޓިން. މިރޭ ޕޯޓޯގެ ކުޅުން ޖުމްލަކޮށް ރަނގަޅު. އެކަމަކު މިއީ އަދި ފުރަަތަމަ ލެގު. އަހަރެެމެންގެ ޓާގެޓް ހާސިލްވާނީ ދެވަނަ ލެގުން ވެސްް ރަނގަޅު ނަތީޖާއެއް ހޯދައިގެން،" ކުރިން އިންޓަ މިލާން އަދި ލާޒިއޯ އަށް ކުޅުނު ކޮސެންސާއޯ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ މާކުރީކޮޅު ޔުވެންޓަސް ކޮޅަށް ލަނޑެއް ވަނުން ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އެ ހިސާބުން ކުޅުންތެރިންނަށްް އުނދަގޫވާނެ އަލުން އިތުބާރު ހޯދަން. އަދި ޕޯޓޯ ކަހަލަ ޑިފެންސިިވްކޮށް ރަނގަޅަށް ކުޅޭ ޓީމެއް ކައިރީގައި އިތުރު އުނދަގޫތަކާ ކުރިމަތިލާންޖެހޭނެ،" ޕިރްލޯ ބުންޏެވެ. – ބީބީސީ