އއ. ތޮއްޑޫއަށް މިއަދު ހަވީރު އައި ވަރުގަދަ ކޮޅިގަނޑެއްގައި އޮޔާ ދިޔަ ކުޑަކުދިންތަކެއް ސަލާމަތްކޮށްފި އެވެ.
މި ކުދިން ސަލާމަތްކޮށް ދިނީ ސްޓެލްކޯގެ މުވައްޒަފުންތަކެކެވެ.
ސްޓެލްކޯ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުދިން ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވި އުޅުމުން އެ ކުދިން ސަލާމަތްކޮށްދީ އެއްގަމަށް ގެނައީ އެ ވަގުތު އެ ތަނުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންތަކެއް ކަމަށެވެ.
މީގެ އިތުރުން ކޮޅިގަނޑުގައި އެ ރަށަށް ލިބުނު ބައެއް ގެއްލުންތައް ސަލާމަތް ކުރަން ވެސް މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް އެހީތެރިވި ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ތިބޭނެ ކަމަށެވެ.
ރާއްޖެ އަށް މި ދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯހެވެ.
 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
			ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					