މާލޭގެ މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ ނ. ވެލިދޫ އަށް އުފަން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރުމަށް ފަހު ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ބަންދު އަމުރުގައި ބުނެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބަސް ޓާމިނަލް ސަރަހައްދުގައި ހުރި ފިރިހެނަކު އެތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް އޭނާގެ ޖިންސީ ގުނަވަން ދައްކާފައިވާ ކަމަށެވެ.

އަދި އެކަން އެނގިގެން ފުލުހުން އެ ތަނަށް ދިއުމުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގި ކަމަށް ބުނެފައިވެ އެވެ.

އެމީހާއަކީ މީގެކުރިން ވައްކަމުގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެކެވެ.