ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގާ ހަމައަށް ރޭގައި ހެޔޮކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށް ގެނައި ބަދަލެއް ކަމަށެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުގެ އަގަށް ހެޔޮކޮށްފައިވާ އިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށް ދެނީ ހާއްސަ އަގެއްގަ އެވެ.
އެސްޓީއޯއިން ދާދި ފަހުން ވަނީ ރާއްޖޭގައި ވިއްކާ ފެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު 13.92ރ. އަށް ވަނީ ހެޔޮކޮށްފަ އެވެ.
އެމެރިކާގެ ބައެއް އުފެއްދުންތަކުން ކެނެޑާއިން ޓެރިފް ނަގަނީ
އެމެރިކާއާ ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނުން: އީރާން
އަޔާޑާ މައްސަލައާ ގުޅިގެން އެމްޓީޑީސީގެ ބޯޑުން އަސާމީ އިސްތިއުފާ