މާލެ އާއި ވިލިމާލޭގައި އަޟްހާ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދިރާގާއި މާލެ ސިޓީ ކައުންސިލް ޕާޓްނާ ވެއްޖެ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ދިރާގާއި މާލެ ސިޓީ ކައުންސިލު ގުޅިގެން ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރެއް އީދު ދުވަސްކަމަށްވާ 16 ޖޫން ގައި އާޓިފިޝަލް ބީޗުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ކުޑަކުދިންގެ ހަވީރުގައި އާކިމިޑީސްއާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު އީދު ބޮނޑިބަތް ކުރިއަށްދާނީ އީދު ނަމާދަށްފަހު މާލެ އާއި ވިލިމާލޭގެ އާޓިފިޝަލް ބީޗުގަ އެވެ. މިއީ ދިރާގު އީދު ބޮނޑިބަތް ވިލިމާލޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑޮލަރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ހަ ބިދޭސީއަކު ހައްޔަރު
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
