ދިރިއުޅުމުގައި ކާމިޔާބު ވުމަށްޓަކައި ވަކި އާދަތަކެއް ގެންގުޅުމަކީ މުހިއްމު ކަމެކެވެ. އެއީ އެ އާދަތަކުގައި ހިފައިގެން ކާމިޔާބުގެ މަގަށް ވާސިލް ވެވޭނެ އާދަތަކެކެވެ. އެފަދަ ބައެއް އާދަތަކަށް ބަލާލާނަމެވެ.

ކަންކަން ފަސްކުރުން ހުއްޓާލާ!

މިއަދު ކުރަން އޮތް ކަމެއް މާދަމާއަށް ފަސް ކުރުމުގެ އާދަ މުޅިން ދޫކޮށްލާށެވެ. ކަންކަމުގައި ކުރިއާލާ އިސްވެ ރާވައިގެން ކުރިއަށް ދާށެވެ.

ނުރަނގަޅު ވިސްނުން ދޫކޮށްލާ!

އަމިއްލަ ނަފްސާމެދު ސުވާލު އުފައްދައި ޝައްކު ކުރުން ދޫކޮށްލާށެވެ. އަޒުމް ކަނޑައަޅައިފި ކޮންމެ ކަމަކީ ތިމާއަށް ހާސިލް ކުރެވޭނެ ކަމެއް ކަމުގައި ގަބޫލު ކުރާށެވެ.

ވަގުތު ބަހާލާ!

ރެއަކާދުވާލުގެ ވަގުތު ރަނގަޅަށް ބަހާލާށެވެ. ވަޒީފާއާއި އާއިލާއާއި އަމިއްލަ ނަފްސަށް ދޭންވާ ވަގުތު ކަނޑައަޅައި ރާވާލާށެވެ.

ސިއްހަތާމެދު ފަރުވާކުޑަ ނުކުރޭ!

ދުވަހުގެ ކެއުންތައް ދޫކޮށްލުމާއި ކަސްރަތަށް ފަރުވާކުޑަ ކުރުން ފަދަ ކަންކަމުން ދުރުވާށެވެ. ކާމިޔާބު ދިރިއުޅުމަކީ ރަނގަޅު ސިއްހަތެއްގެ މައްޗަށް ބިނާވާ ކަމެކެވެ.

އަމިއްލަ ޒިންމާ ނަގަން ދަސްކުރޭ

ކަންކަމުގައި އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އަމިއްލައަށް ޒިންމާ ނަގައިގެން ކުރިއަށް ދާށެވެ. ތިމާގެ ދިރިއުޅުމުގެ ހުންގާނު އޮތީ ތިމާގެ އަތުގަ އެވެ.