މިއުނިކް (17 ޖޫން) – މެޗުގެ ފުރަތަމަ ހާފުގައި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ކާމިޔާބުކުރި ލަނޑާ އެކު ޔޫރޯގެ ގުރޫޕް ސީގައި ރޭ ސާބިއާ އަތުން 1-0 އިން
.އިންގްލެންޑް މޮޅުވެ ފެށުން ރަނގަޅު ކޮށްފި އެވެ
.މެޗުގެ 13 ވަނަ މިނިޓުގައި ބުކާޔޯ ސާކާ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބެލިންގްހަމް ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ
.ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އިންގްލެންޑުގެ ކައިލް ވޯކާއަށް ވަނީ ލީޑު ފުޅާކުރުމަށް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބިފަ އެވެ
އެކަމަކު މެޗުގެ ދެވަނަ ހާފުގައި ފެނުނީ ތަފާތު މަންޒަރެކެވެ. އިންގްލެންޑް މަޑުޖެހިލިއިރު، ސާބިއާ މެޗުގެ ތެރެއަށް ވަނެވެ. މެޗުގެ ފަހުކޮޅު ޑުސާން ވްލަހޮވިޗް
.ފޮނުވާލި ހަމަލާއެއް އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ
މެޗަށް ފަހު އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މެޗުން ހާސިލްކުރަން ބޭނުންވި ތިން ޕޮއިންޓް ލިބިއްޖެ ކަމަށެވެ. އެކަމަކު މެޗަށް ފަހު އިނގިރޭސި މީޑިއާ
.އާއި ތަޖުރިބާކާރުން ބުނަމުންދަނީ ދެން އަންނަ މެޗަށް އިންގްލެންޑްގެ ކުޅުން ރަނގަޅުކުރަންޖެހޭ ކަމަށެވެ