ރ. މީދޫގެ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓިކްޓޮކް ކުޅުނީ އެ ރަށަށް ދިޔަ ނަށާ ގްރޫޕްގެ މެމްބަރެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެއީ އަންހެނެކެވެ.
އެ މިސްކިތުގައި ކުޅުނު ވީޑިއޯ ޓިކްޓޮކްގައި އާންމުވެސް ކުރި އެވެ. ނަމަވެސް ފަހުން އެ ވީޑިއޯ ނުފެނެ އެވެ.
އެ ވީޑިއޯގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން އެ ދަށުދަރަޖައިގެ އަމަލު ހިންގި މީހާއާ މެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން އަންނަނީ އެ ވީޑިއޯ އިން ފެންނަނީ ފެންނަނީ އީދު ކުޅިވަރަށް މީދުއަށް ދިޔަ 'ދަންދާނަ' ގްރޫޕުގެ މެންބަރެއް ކަމަށެވެ.
މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
އުރުދުންގައި ހުރި އެމެރިކާގެ މަތިންދާބޯޓުތަކަށް އީރާނުގެ ހަމަލާ
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ؟
