އާއްމު ދިރިއުޅުމުގެ ހާލަތު ދަށްކުރުވާ ދާއިމީ ބައްޔެއް ކަމަށްވާ ޕާކިންސަންސް ބައްޔަށް ހޯދިފައިވާ ފަރުވާއަކުން ބަލި މީހަކު އެއްކޮށް ރަނގަޅުވެއްޖެ އެވެ.

އަލްޓްރާ ސައުންޑް ލޭޒާއެއް ބޭނުންކޮށްގެން ސިކުނޑިއަށް ދެވޭ އެ ފަރުވާ ސްކޮޓްލޭންޑްގައި އެންމެ ފުރަތަމަ ފަހަރަށް ދީފައިވަނީ އުމުރުން 63 އަހަރުގެ ފިރިހެނަކަށެވެ.

އިއާން ކެއިރް ނަމަކަށް ކިޔާ އެމީހާއަށް ޕާކިންސަންސް ޖެހިފައިވާކަން 2018 ވަނަ އަހަރު އެނގުނު ފަހުން އޭނާގެ ހާލަތު ދިޔައީ ދަށަށެވެ. އެހެން ނަމަވެސް އާ ފަރުވާއާއެކު އޭނާގެ އަތްފައިގެ ހަރަކާތްތައް ރަނގަޅުވެ އާއްމު ހާލަތުވެސް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށް އިއާން ބުންޏެވެ.

"ހީވަނީ އަހަންނަށް ދުވަހަކު ވެސް އެ ބަލި ނުޖެހޭހެން،" އާ ފަރުވާއަށް ފަހު އިއާންގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނެފައިވެ އެވެ.

އަލަށް އަޖުމަ ބެލި ފަރުވާއިން ބަލި މީހަކު އެއްކޮށް ރަނގަޅު ވުމާއެކު އެއީ ޕާކިންސަންސް ބަލި ޖެހިފައިވާ މީހުންނަށް އާ އުއްމީދެއް ކަމުގައި މާހިރުން ބުނެ އެވެ.

ޕާކިންސަންސް ބައްޔަކީ އިންސާނާގެ އަތްފައިގެ ހަރަކާތް ގެއްލި ނިދުމާއި ކެއުން ފަދަ ދިރިއުޅުމުގެ އާއްމު ކަންކަމަށް ހުރަސް އަޅާ ބައްޔެކެވެ.