އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުވެފައިވާތީ އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް ދިނުން ވަގުތީ ގޮތުން މަޑުޖައްސާލީ ހިދުމަތް ހޯދާ ދިވެހިންގެ އަތުން އިތުރަށް ފައިސާ ނަގަމުން އަންނަ ކަމުގެ ޝަކުވާ ލިބިފައިވާތީ ކަމަށެވެ.
އަދި ހިދުމަތް މަޑުޖައްސާލައި ހޮސްޕިޓަލާ އެކީގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ކުރަން އަންނަ މީހުންނަށެވެ. އެކަމަކު، މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.
ބެންގަލޫރްގައި ހުންނަ މަނިޕާލް ހޮސްޕިޓަލަކީ އިންޑިއާގައި އާސަންދަ ލިބޭ 49 ހޮސްޕިޓަލްގެ ތެރެއިން އެންމެ އަގު ބޮޑު ހޮސްޕިޓަލެވެ. އެ ތަނުން ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ދޭއިރު، ގިނަ އަދަދެއްގެ ދިވެހިން ވެސް އެ ހޮސްޕިޓަލުން ހިދުމަތް ހޯދަ އެވެ.
ފެނަކައިން ދައްކަން ޖެހޭ ދަރަނި 3.51 ބިލިއަނުގައި!
ހާޓް އެޓޭކެއް ޖެހި ބޭރަށްދާން ބާބާ އާންމުންގެ އެހީއަށް އެދިއްޖެ
ގާނޫނާ ހިލާފު ވެއްޖެނަމަ އެއްވުން ހުއްޓުވާނަން: ފުލުހުން