އއ. ތޮއްޑޫ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކޮށް ބޭނުން ކުރަން ފަށައިފި އެވެ.
ސްޓެލްކޯއިން މިއަދު ބުނިގޮތުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތެލަށް ބަރޯސާވާމިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައަށް ކުންފުނި ދީލާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތޮއްޑޫ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރަށް ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތް ރަށަކާއި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ދެ ރަށެއްގައި ގްރިޑް-ޓައިޑް ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ޕަވާ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ކުންފުންޏެއް ހޯދަން ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަކަމުގައި ހެދުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					