އއ. ތޮއްޑޫ ނެރަށް ވާދަޖަހަމުން ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ވަންނަން އުޅުނު މައްސަލައެއް މެރިން ޕޮލިސްއިން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އިން ފެށިގެން ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ނަސްރު ސްޕީޑް، ރިލެކްސް ގޯލްޑް އަދި ރަމްޒު ކުއީން ލޯންޗު ރަށެއްގެ ނެރަކަށް ވަންނަން ވަރަށް ބާރަށް ދުއްވާފައި ދެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ 2024 އޮގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ ވީޑިއޯ އާންމުކުރި މީހާ ބުނީ އެ ތިން ލޯންޗަކީ ވެސް ބާރު ސްޕީޑުގައި ދަތުރުކުރާ ތިން ލޯންޗު ކަމަށާއި އޭގެން ދަތުރުކުރާ މީހުންގެ ފުރާނައާ މެދު ލޯންޗުގެ ކެޕްޓަނުން ނުވިސްނާ ކަމަށެވެ.
"އިންތިހާބުތައް އެއްކޮށްލައިފި ނަމަ 'ރީތި ބޮނޑިއެއް' ލިބިދާނެ"
ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
މިއީ އެއްދުވަހެއް ދެދުވަހެއްގެ ކަމެއްނޫން ޢުމުރަށް އޮތްކަމެއް