އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމް އައްޔަންކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ޕްރައިވެޓައިޒޭޝަން ބޯޑުން ނިޒާމް ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ އިއްޔެ ކަމަށެވެ.
އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ނިޒާމް އައްޔަންކުރީ މިދިޔަ ނޮވެމްބަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
ހއ. ހޯރަފުއްޓަށް އުފަން ނިޒާމަކީ ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ ގިނަ ސަބްސިޑަރީތަކުގެ ބޯޑުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
އެމްޓީޑީސީގެ ހިއްސާއަކަށް މިފަަހަރު ވެސް 60 ލާރި
ޑޮލަރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ހަ ބިދޭސީއަކު ހައްޔަރު
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން ވެއްޓުނު ކުއްޖަކު މަރު