ރ. މީދޫގައި ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިކަމާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައި ވަނިކޮށް، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި، އަޑުގަދަކޮށް ހަޅޭއްލަވަމުން ދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރި ވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ފުލުހުން ބަލަމުންގެންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެ އެވެ.
މީގެ އިތުރުން، މި އެކްސިޑެންޓްގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއު އެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ކުއްޖާ ފުލުސް އޮފިސަރުގެ ގަޔަށް އަތްލުމުން ކުއްޖާ ބިންމައްޗަށް ވައްޓާލަ އެވެ.
ކުޑަ ކުއްޖާ ޕޮލިސް މީހާ ވައްޓާލާތަން އަޅުގަނޑަށް ފެންނަނީ