ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ބޭނުންވަނީ އޭނާގެ ހަ މަހުގެ ދަރިފުޅު ބޮޑުވެގެން އައިސް ހޮކީ ކުޅުންތެރިއަކަށް ވާން ކަމަށް ހަބަރުތައް ބުނެފި އެވެ.

މިފަހުން އޮތް ސެލެބްރިޓީ އައިސް ހޮކީ މެޗަކަށްފަހު ވާހަކަ ދައްކަމުން ޖަސްޓިން ބުނެފައިވަނީ މިހާރު ވެސް އަވަސް ނޫން ކަމަށާއި ވީހާވެސް އަވަހަކަށް ދަރިފުޅުގެ ހޮކީ ޓްރެއިނިން ފަށަން ބޭނުންވާ ކަމަށެވެ.

ލޮސް އެންޖެލަސް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވާން ބޭއްވި އެ ފަންޑް ރެއިޒިން މެޗުގައި ޖަސްޓިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އައިސް ހޮކީއަށް ލޯބިކުރާ ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޖަސްޓިން ވަނީ އެ މެޗުގައި ބައިވެރިވުމުގެ މުހިއްމުކަމާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

ހެއިލީ ބީބާއާއެކު ކުރި ކައިވެންޏަށް ޖަސްޓިންއަށް ދަރިއަކު ލިބިފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާގެ ނަމަކަށް ކިޔާފައިވަނީ ޖެކް ބްލޫސް ބީބާ އެވެ.

މިފަހުން ޖަސްޓިން އާއްމުންގެ ސަމާލުކަން ހޯދާފައިވަނީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލުތަކާއެކު އޭޭނާގެ ސިއްހަތާމެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.