ހިޔާ ފްލެޓް މަޝްރޫއުގައި ފަންނީ ދާއިރާއަށް ޚާއްސަކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ ކެޓަގަރީގެ ފްލެޓްތަކެއް. ހިޔާ މަޝްރޫޢުގެ ބައެއް ކެޓަގަރީތައް ހުރީ ދިރިއުޅުމުގެ ހާލަތަށް ނުބެލި އެ ކެޓަގަރީތަކުން ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި. ޚާއްސަކޮށް ފަންނީ ކެޓަގަރީ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ބެލިފައި ނެތްކަން އެއީ ހިތާމައެއްކަން ހަސަން ފާހަގަކުރެއްވި.

ހިޔާ ފްލެޓް މަޝްރޫޢުގެ ދަށުން މިހާރު ފްލެޓް ދީފައިވާ ކެޓަގަރީތަކުގެ ތެރެއިން ފަންނީ މީހުންނަށް ދީފައިވާ ފްލެޓްތައް ނެގުމަށްފަހު މާލޭ މީހުންނަށް ދިނުމަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައިފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ ފްލެޓްތައް ދިނުމާގުޅޭ ގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ. ހިޔާ ފްލެޓް މަޝްރޫއުގައި ފަންނީ ދާއިރާއަށް ޚާއްސަކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ ކެޓަގަރީގެ ފްލެޓްތަކެވެ.

ސޯޝަލް ހައުސިން ސްކީމެއްގެ އެންމެ އަސާސީ ކަމަކީ ދިރިއުޅުމުގެ ހާލަތު ބެލުން ކަމަށާއި އެ ހާލަތާ ބައްދަލު ގޮތަކަށް އެ ހައުސިން ސްކީމުން ދިރިއުޅެވޭނެ ތަނެއް ހަމަޖައްސައިދޭން ވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެހެންނަމަވެސް ހިޔާ މަޝްރޫޢުގެ ބައެއް ކެޓަގަރީތައްހުރީ ދިރިއުޅުމުގެ ހާލަތަށް ނުބެލި އެ ކެޓަގަރީތަކުން ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް ފަންނީ ކެޓަގަރީ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ބެލިފައި ނެތްކަން އެއީ ހިތާމައެއްކަން ހަސަން ލަތީފް ފާހަގަކުރެއްވި އެވެ.

އަޅުގަނޑަށް ފެންނަ ގޮތަކީ ފަންނީ ފަރާތްތަކަށް ހޮވިފައިތިބި މީހުންގެ ފްލެޓްތައް އެބޭފުޅުންގެ އަތުން ނަންގަވައި އެބޭފުޅުންނަށް ކުރިއަށް އޮތް މަޝްރޫޢަކުން އެހެން ފުރުސަތުއް ލިބޭނެ ގޮތް ހަމަޖެހި އެބޭފުޅުންނަށް އެ ޔަގީންކަން ދެވި، އެ ނެގޭ ފްލެޓްތައް އެއީ މާލޭގައި ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށް، ދެރަ، ނިކަމެތިންނަށް، އެ މީހުންނަށް އެ ފްލެޓްތައް ލިބޭނެގޮތް ހަދައިދިނުން،
ހަސަން ލަތީފް

"އަޅުގަނޑަށް ފެންނަ ގޮތަކީ ފަންނީ ފަރާތްތަކަށް ހޮވިފައިތިބި މީހުންގެ ފްލެޓްތައް އެބޭފުޅުންގެ އަތުން ނަންގަވައި އެބޭފުޅުންނަށް ކުރިއަށް އޮތް މަޝްރޫޢަކުން އެހެން ފުރުސަތުއް ލިބޭނެ ގޮތް ހަމަޖެހި އެބޭފުޅުންނަށް އެ ޔަގީންކަން ދެވި، އެ ނެގޭ ފްލެޓްތައް އެއީ މާލޭގައި ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށް، ދެރަ، ނިކަމެތިންނަށް، އެ މީހުންނަށް އެ ފްލެޓްތައް ލިބޭނެގޮތް ހަދައިދިނުން،" ހަސަން ލަޠީފް ވިދާޅުވި އެވެ.

ސޯޝަލް ހައުސިން ސްކީމަކުން އެންމެ ބޯހިޔާވަހިކަން ލިބެންޖެހޭ ފަރާތްތަކަށް، މާލޭގެ ރައްޔިތުންނަށް އެ ފްލެޓްތައް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ އަދި ސަރުކާރުން އެކަން ކޮށްދެއްވުމަކީ މާލޭގެ ނިކަމެތި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންނަށް ވަރަށް މުހިއްމު ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން މިސަރުކާރު ގެނައުމަށް ވެސް، އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް އަދި އަބަދުވެސް ދައްކާވަހަކައިގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ވާހަކައަކީ. އަޅުގަނޑުގެ ދާއިރާގައި ވެސް އަދި މާލޭގެ އެހެން މެމްބަރުން ތަމްސީލު ކުރައްވާ ދާއިރާތަކުގައި ވެސް މި ސްކީމަށް ޝަރުތު ހަމަވާ އެތައް މީހުން އެބަތިބި. އެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ލިބިއްޖެ ވެސްމެ. އެހެން ނަމަވެސް ނުލިބޭ މީހުން އެބަތިބި. އެހެން ނަމަވެސް މިކަން މިގޮތަށް ކުރެވިއްޖިއްޔާ ސަރުކާރުން އެކަން ކޮށްފިއްޔާ މި ދެންނެވި ފަރާތްތަކަށް ވެސް ތަސައްލީއެއް ލިބޭނެ." ހަސަން ލަޠީފް ވިދާޅުވި އެވެ.

މިސަރުކާރުން "ކޮތަރުކޮށި"ތަކުގެ ނަމުގައި ސިފަކުރި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުނުއިރު، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދިނީ އެންމެ ރަނގަޅަށްތޯ އަލުން ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާއި ބެހޭ ކޮމިޓީން ސަރުކާރަށްވަނީ ލަފާދީފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އެކި މީހުން މަޖިލީހަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަން ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ފްލެޓް ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމަ އަށް ވަޒަން ކުރުމަށް އެ ރިޕޯޓުގައި ވަނީ އެދިފަ އެވެ.