ޕޮލިސް ކޮމިޝަނަރުކަމުން އަލީ ޝުޖާއު އިސްތިއުފާދެއްވަން ނިންމަވައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަންގަވައިފި އެވެ،

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ޝުޖާއު މިއަދު ވަނީ ފުލުހުންގެ އިސްވެރިންނަށް ވެސް އޭނާ އިސްތިއުފާދޭން ނިންމެވިކަން އަންގަވާފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ވަނީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަނީ އިސްތިއުދާދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ކުރާ ޑިމާންޑްތަކުގެ ތެރޭގައި ދެފުށް ފެންނަ ތަހުގީގެއް ކުރުމާއި އެ މައްސަލާގައި ޝާމިލްވާ އެންމެން ހައްޔަރުކުރުން ހިމެނެ އެވެ.