ތ. ކިނބިދޫ އާއި ވޭމަންޑޫ ގުޅުވާލާ ކޯޒްވޭ އެޅުމުގެ މަޝްރޫއު ހިންގަން ސަރުކާރަށް ފައިސާ ލިބޭނެ ގޮތެއް ނެތުމުން، އެ މަޝްރޫއު ހިންގާ ބަޔަކަށް އެ އަތޮޅު އެލާގައި އިންޓަގްރޭޓަޑް ރިސޯޓެއް ހަދަން ދޭން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
އެ ދެރަށް ދެމެދުގައިވާ ރަށުގައި ރިސޯޓެއް ހަދައިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި ގޮތްތަކަށް ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
އެމިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި، ބުނެފައިވަނީ، އިންވެސްޓަރަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅުމާއި، ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް އަދި ލޯނު ފައިނޭންސިން މެދުވެރިކޮށް ވެސް މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އެލާގައި ރިސޯޓެއް ތަރައްގީކުރުމުގެ ވާހަކަ ދެކެވެމުންދާއިރު، ކުރިން މި ރަށުން ގޯތި ދޫކުރުމަށް ދެ ރަށުގެ ރައްޔިތުން ވަނީ ސަރުކާރުގައި އެދިފަ އެވެ.
މިއީ ކުރިން އެލާ ދޫކޮށްފައިވާ ވިލާ ކުންފުނިން ރަށް އަނބުރާ ނެގުމާ ގުޅިގެން އައި ހުށަހެޅުމެކެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
މާލޭގައި މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
