ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮލިސް ކޮމިޝަނަރު ކަމަށް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު ނަވީންއާ ހަވާލުކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ބައިވެރިވެވަޑައިގަތެވެ.
ނަވީން މިހާތަނަށް ހުންނެވީ ޑެޕިޔުޓީ ކޮމިޝަނަރުގެ މަގާމުގަ އެވެ.
ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ވަގުތީގޮތުން ހަވާލުކުރެއްވީ ވެސް ނަވީނާ އެވެ.
ނަވީން އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރަސްމާލެ ފަރަށް ދޯންޏެއް އަރައި، އެކަކަށް އަނިޔާވެއްޖެ
ރަސްމާލެ މަޝްރޫއާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް
ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލޭތޯ އަންނަ އަހަރު ޓެސްޓް ކުރަނީ
