ޓްރެވަލް ޕްލަސް ލީޝާ އޭޝިއާ ޕެސިފިކް ލަގްޒަރީ އެވޯޑްސް 2025ގެ ކިޔުންތެރިން މި އަހަރު ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓް ޕޫލަކަށް ވިލާ ނޮޓިކާ ހޮވައިފި އެވެ.
މިއީ ވިލާ ނޮޓިކާގެ އެންމެ ހާއްސަ އެއް ފަރުމާކުރުން ކަމަށްވާ ރިސޯޓުގެ މެދުގައި ދޫލައެއްހެން ދަމާލާ 1،350 އަކަމީޓަރުގެ އިންފިނިޓީ ޕޫލެކެވެ.
މާލެ އަތޮޅު އުތުރުން، ކުރީގެ ޕެރަޑައިސް އައިލެންޑް އަލުން ތަރައްގީކޮށް ވިލާ ނޮޓިކާގެ ނަމުން ހުޅުވުމަށްފަހު މި ހާއްސަ އިންފިނިޓީ ޕޫލް އަށް ފަތުރުވެރިން ހޫނު ތަރުޙީބެއް ލިބިފައިވާއިރު، ރަށުގެ މެދުން "ސެންޓާޕީސް" އެއްގެ ގޮތުގައި ފާހަގަކުރެވޭ މި ޕޫލް އަކީ ބަލާ ބެލުމަށް ގޮސް ކަނޑުގެ ފެންގަނޑާ ގުޅޭހެން ހީވާ އިންފިނިޓީ ޕޫލްއެކެވެ.
ރަށުގެ މެދުން ކަހަލަ ގޮތަކޮށް މޫދާ ދިމާލަށް އިރުއޮއްސޭފަޅިން ދަމާލާފައިވާ އިންފިނިޓީ ޕޫލްއަކީ ރާއްޖޭގެ މަޝްހޫރުވެފައިވާ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމަޔަށް ދައްކުވައިދޭ ތަނެކެވެ.
ހެނދުނުގެ ކޮފީ ގަޑިތަކާ ދިމާކޮށް ވެސް މި ޕޫލްހިމެނޭ ސަރަހައްދަކީ ވިލާ ނޮޓިކާގެ ގެސްޓުންގެ މެދުގައި ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާ ސަރަހައްދެކެވެ.
މި ޕޫލް ހުންނަ ސަރަހަށްދު ވަށައިގެން ވިލާ ނޮޓިކާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަރާމުކޮށް އަވީގައި ޖައްސާލާ، ކޮފީ ބޯލާ، އެ ފަރާތްތައް ޗުއްޓީގައި ހޭދަކުރާ ވަގުތުތަކަކީ އެންމެ ފުރިހަމަ ހިދުމަތް ލިބި، އެއްވެސް ހާސްކަމަކާ ނުލާ ހިނގާ ވަގުތުތަކަކަށް ހެދުމަށް ވިލާ ނައުޓިކާ ޕެރަޑައިސް އައިލެންޑްގެ ސްޓާފުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ވިލާ ރިސޯޓްސް އިން ވަނީ ބުނެފަ އެވެ.
މި ސިގްނެޗާ އިންފިނިޓީ ޕޫލް ތަޖުރިބާގެ އިތުރުން ވަށައިގެން ވިލާ ނޮޓިކާގެ ގެސްޓުންނަށް ހާއްސަކޮށްދެވޭ ދުނިޔޭގެ ފެންވަރުގެ ޙިދުމަތްތަކަށް މިއަދު އެ ރިސޯޓުން ހާސިލްކޮށްފައިވާ މި އެވޯޑަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް ވިލާ ރިސޯޓްސް އިން ބުނީ މީގެން ފާހަގަކުރެވެނީ، ވިލާ ރިސޯރޓްސް ގެ ބްރޭންޑް އިން އެންމެ ކޮލިޓީ ހޮޓެލް އެކްސްޕީރިއަންސަސް ތައްޔާރުކުރުމަށް ދޭ ސަމާލުކަމާއި، އެ މަސައްކަތުގެ އަގު ވަޒަންކޮށް ވިލާ ނޮޓިކާ ޕެރެޑައިސް އައިލެންޑާމެދު ފަތުރުވެރިންގެ މެދުގައި އޮންނަ ގާތްކަން ކަމަށެވެ.