ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑްކޮށް، ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މި މަސައްކަތުގެ ތެރޭގައި 221 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، ކަނޑިންމާ ބައްތި ހަރުކުރުމާއި، 21 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 312.7 މީޓަރުގެ ޖެޓީއެއް ހެދުމުގެ އިތުރުން ވެލި އެއްވަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 ޖެހުމުގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ.

މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް މާލީ ވުޒާރާގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.