ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑަސްޓްރީ އެކްސްޕޯ 2025 ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް މިހާރު ހުޅުވާލާފައިވާކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 21 އަށް ސްރީލަންކާގެ ވެރިރަށް ކޮލޮންބޯގައި ބާއްވާ މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމާއި، ވިޔަފާރި ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން މިކަމުގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީއާ ހިއްސާކުރައްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެމިނިސްޓްރީން އިތުރަށް ބުނީ، އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމާއި އެހެނިހެން މައުލޫމާތު އެކްސްޕޯގެ އިންތިޒާމުކުރާ ފަރާތް ކަމަށްވާ އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ބޯޑުގެ ވެބްސައިޓް idb.gov.lk އިން ލިބޭނެކަމަށެވެ.
ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަންޖެހޭނީވެސް މި ވެބްސައިޓް މެދުވެރިކޮށެވެ. މި އެކްސްޕޯގައި ބައިވެރިވުމަކީ ދިވެހި ވިޔަފާރިތަކުން އުފައްދާ ތަކެތި ބޭރުގެ މާކެޓްތަކަށް ތައާރަފްކޮށް، އިޝްތިހާރު ކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
އުނދަގޫ ނަމަވެސް ހަމަޖެހޭ ދިރިއުޅުމަކަށް މުހިއްމު 5 އާދައެއް!
ބޭންކިން ދާއިރާގެ 80 ޕަސެންޓަކީ ދިވެހީން ކަމުގައި ހަދަނީ
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
