ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ މުސާރަ ފޮނުވޭ އަދަދު 150 ޑޮލަރަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދަށްކޮށްފި އެވެ.
އެސްބީއައި އިން ކުރި އިއުލާނެއްގައިވާގޮތުން އެ ބަދަލު ގެނައީ އެ ބޭންކަށް ޑޮލަރު ލުބުމުގައި ދަތިތަކެއް ދިމާވުމުންނެވެ.
އެސްބީއައި އިން ކުރި އިއުލާނުގައިވާގޮތުން އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.
އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ މުވައްޒަފުން މުސާރަ ފޮނުވާއިރު، ދިވެހި ރުފިޔާއިން ޖަމާކުރުމުން އެ ގައުމުގެ އެކައުންޓްތަކަށް ޖަމާކޮށްދެ އެވެ. އެކަމަކު އަލަށް ގެނައި ބަދަލާއެކު އެސްބީއައިއިން ފޮނުވޭނީ 2،313ރ. އާ ހަމައަށެވެ.
ބާކީ މުސާރަ ފޮނުވޭނީ ބޭންކަށް ޑޮލަރު ޖަމާކޮށްގެންނެވެ. ޑޮލަރު ލިބެން މިހާރު އޮތް ހަމައެކަނި ގޮތަކީ ކަޅުބާޒާރެވެ. މިހާރު ޑޮލަރުގެ ރޭޓްތައް ބޮޑުކަމުން އިންޑިއާގެ މަސައްކަތްތެރިންނަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ.
ދިރާގު ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަވަނީ
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
