ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "އަލްވަދާއު"ގެ ޓައިޓަލް ލަވަ މާދަމާ ރޭ 08:00ގައި ރިލީޒް ކުރަން ހަމަޖައްސައިފި އެވެ.
އެ ޕްރޮޑަކްޝަަނުން ބުނި ގޮތުގައި އެ ލަވަ ވެގެންދާނީ ފިލްމުގެ އިހުސާސްތަކާއި ޖަޒުބާތުތައް ވަރަށް ސާފުކޮށް ދައްކައިދޭނެ އަސަރުގަަދަ ލަވައަކަށެވެ.
އެގޮތުން އެ ލަވައަކީ މި އަހަރުގެ "ހާޓް ބްރޭކް އެންތެމް"ގެ ގޮތުގައި އެ ޕްރޮޑަކްޝަނުން ސިފަކުރާއިރު މިއީ ބެލުންތެރިންގެ ހިތްތައް ހަލާކު ކޮށްލާނެ ލަވައެއް ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ.
އީސާ ޝަރީފްގެ ޅެމަކަށް ޑީއާރް ޕްރޮޑަކްޝަނުން މިއުޒިކް ހަދާދީފައިވާ މި ލަވައިގެ ސޯންގް މާސްޓަރިން ހަދައިދީފައިވަނީ ހުސައިން ތައުފީގް އެވެ.
މި ލަވަ ކިޔައިދީފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ އަހުމަދު އިޝާމްއަށް ވާއިރު މިއީ އޭނާ ދިވެހި ފިލްމަކަށް ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރެވެ.
ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ މުހިއްމު ރޯލުތަކުން ފެންނަ "އަލްވަދާއު" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓުތައް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.
އަރޫގެ ރަހަތަކުން އަރުތެރެ ފުރާލައިފި!
ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް ޕީއެންސީއަށް ސޮއިކޮށްފި
ފުވައްމުލަކު ފެނުގެ މައްސަލަ ހެލްތް މިނިސްޓްރީއަށް ހުށަހަޅައިފި