މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ، މިމަހު ދިހައެއްގައެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން އިތުރު ޑްރެޖަރެއް ނެދަލޭންޑްސްއިން ގެނެސްފައިވާ ކަމަށެވެ.
އެ ޑްރެޖަރުން ބުދަ ދުވަހު އެ ސަރަހައްދު ހިއްކަން ފަށާނެ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް އެ ތަން ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު ގިރާވަރުފަޅުގައި 'ބަންޑް ވޯލް' ޖެހުމުގެ މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިމުނުހާ އަވަހަކަށް ފަށާނެ ކަމަށާއި، އެތަން ހިއްކަން ފަށާނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން ބޭނުންކުރާ ދެ ޑްރަޖަރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ގިރާވަރުފަޅު ކުރިއަށް އޮތް ދެ މަސް ނުވަތަ ތިން މަސް ތެރޭގައި ހިއްކާ ނިމޭނެ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ވަރަށް ފަހުން އަލުން ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.
ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހާއްސަ ފައިނޭންސިންއެއް
ޕޮލިޓިކަލް ޑިރެކްޓަރު އަތީފް ލޯނު ދައްކަން ހުކުމެއް
ޒާތީ މައުލޫމާތު ހާމަކުރުމަށް ފަހު ސަހީމް މައާފަށް އެދެފި