އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، އެ މާގަމަށް މީހަކު ހަމަޖެއްސޭނެ ގޮތެއް ނުވުމުން ބައްދަލުވުން ނިންމާލައިފި އެވެ.
މިރޭގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންއަކަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
އެ ބޭފުޅުންގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވަނީ ދެކޮޅު ހަދައިފަ އެވެ. އޭނާ ވިދާޅުވީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަން ޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓުގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން 47 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ވަރަށް ވޯޓު ނުލިބޭ ކަމަށް ރިޔާސަތުން ނިންމި އެވެ.
އަސްލަމްގެ ނަމަށް ވޯޓަށް ނޭހުމުންނާއި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ޗެއާޕާސަން ކަމަށް ނޮހޮވޭ ކަމަށް ނިންމުމުން ޖަލްސާ ހޫނުވެ މެންބަރުން ވަނީ ނުކުމެގެން ގޮސްފަ އެވެ.
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
ރައީސްގެ ބައްދަލުވުންތަކުގައި ބޭނުން ބޭފުޅަކަށް ސުވާލު ކުރެވޭނެ
ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރު ނުވެގެން ހޯދަނީ
