ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ތަރައްގީ ކުރާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ބޯޑް އޮފް އިންވެސްޓުމެންޓުގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި މި ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ
.މިއީ 790 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއަކީ އެކި ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތަކާ އެކު ކޮންވެންޝަނަލް ޓޫރިޒަމާއި އެނޫންވެސް ޒަމާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގެ ފެށުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
.މި ހުއްދައިގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ އަދި ރެޒިޑެންޝަލް ބައިތަކާއި އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުންހުރި ވަސީލަތްތައް ހިމެނެ އެވެ.
މީގެއިތުރުން ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ތަރައްގީ ކުރާ އެންމެ ފަހުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކިޔަވައިދޭނެ ސްކޫލެއް ވެސް ގާއިމްކުރާނެ އެވެ.
މި ޓައުންޝިޕް ތަރައްގީކުރާނީ %60 އިއާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށެވެ.
ޓައުންޝިޕްގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރު އެވެ.
މިނިސްޓްރީން ބުނީ އެތަން ތަރައްގީވުމާއެކު އިގްތިސޯދީ އާ ދިރުމެއް އައިސް، ވަޒީފާގެ އާ ފުރުސަތުތައް ފަހިވެ، ތަރައްގީގެ ދުވެލި އަވަސްވާނެ ކަމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރު އިންތިހާބުކޮށްފި
އަންހެނުންނަށް ހާޓްއެޓޭކްގެ އަލާމާތްތައް ތަފާތު ވޭތަ؟
