މި ދުވަސްވަރަކީ އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރީތި އަވިގަދަ ދުވަސްކޮޅެކެވެ. ވައިގެ ފިނިހޫނުމިން ވެސް މަތި ދުވަސްވަރެކެވެ.

މި ދުވަސްވަރު ހޫނުން ރައްކާތެރުި ވުމަށްޓަކައި މޫސުމާ އެއްގޮތަށް ހެދުން އެޅުން ވަރަށް މުހިއްމެވެ. އެގޮތުން ސަމާލުވާންވީ ބައެއް ކަންތައްތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

އަލިގަދަ ކުލަތައް ޚިޔާރު ކުރުން

ކުލަތަކަކީ ވެސް އެއަށް ހޫނު ދަމައިގަންނަ އެއްޗެކެވެ. އެހެން ކަމުން ހޫނުގަދަ ދުވަސްތަކުގައި ގަދަ ކުލަކުލައިގެ ހެދުންތައް ލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ވީހާވެސް މަޑު ކުލަތައް ޚިޔާރު ކުރާށެވެ.

ލުއި މެޓީރިއަލް ބޭނުންކުރުން

އަހަރުމެން ދިވެހިންނަކީ އާއްމު ގޮތެއްގައި ވަރަށް ބޯ ފޮތީގެ ހެދުންތައް ލާ ބައެކެވެ. ހޫނު ގަަދަ ދުވަހެއްގައި ލާން އެންމެ ރަނގަޅު ވާނީ ވީހާވެސް ތުނި ފޮއްޗެއްގެ ހެދުމެކެވެ.

ހޫނު މޫސުމުގެ އެކްސެސަރީޒް ބޭނުން ކުރުން

ލާ އަންނައުނުގެ އިތުރުން އެއާއެކު ބޭނުންކުރާ އެކްސަސަރީޒްތަކަކީ ވެސް ހޫނުން ރައްކާތެރިވުމަށް އެހީވެދޭނެ އެއްޗިއްސެވެ. އެގޮތުން ތޮތްޕާއި އަވި އައިނު ފަދަ ތަކެތި ބޭނުން ކުރެވިދާނެ އެވެ.

ހޫނުގަދަ ދުވަހަކަށް ހެދުން އެޅުމުގައި ބޭނުންކުރަންޖެހޭ ފެންވަރު ރަނގަޅު ރީތި އުފެއްދުންތައް މާލޭގައި ހުރި މެންގޯގެ ފިހާރައިން ލިބެން ހުންނާނެ އެވެ.