ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ހައްޔަރުކޮށް, ބަންދުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްދީން ގަބޫލުކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 މަރާލީ އޭނާގެ ކަރަށާއި ބޮލަށް ދިން ހަމަލާތަކެއްގަ އެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތުވާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް މިހާރު ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުމެވެ.

ބީއެމްއެލްގެ ބޯޑުން ނިންމީ ހިއްސާދާރުންނަށް އުފާވެރި ނިންމުމެއް
ހަކުރު ބައްޔާއެކު ރޯދަ ހިފާނަމަ ސަމާލުވާންވީ ދެތިން ކަމެއް!
ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓު ފަސްކުރަން އެދެފި