ސައްހަ ނޫން ކޯޓު އަމުރެއް ހިފައިގެން ގެއަށް ވަދެ އޭނާގެ ބައްޕަ ހައްޔަރުކޮށްފި ކަމަށް މި ސަރުކާރުގެ ސިޔާސީ މަގާމަކުން ވަކިކުރި އައިޝަތު އީޝާ އަޝްރަފު ބުނެފި އެވެ.
އީޝާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 13 އިން 18 އަށް ނަގާފައިވާ ކޯޓު އަމުރެއް ހިފައިންގެ އިއްޔެގެ ވަގުތެއްގައި ސ. ފޭދޫގައި ހުންނަ އީޝާމެންގެ ގެއަށް ފުލުހުން ވަދެ، މުޅިގެ ބަލާ ފާސްކޮށް، އޭނާގެ ބައްޕަ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ މިކަން ފުލުހުން ކޮށްފައި ވަނީ އޭނާ ޗުއްޓީއަށް ރަށަށް ގޮސް އުޅުމަށްފަހު، އިއްޔެ މާލެ އައުމަށް ފުރި ފަހުން ކަމަށެވެ. އަދި އޭނާ ވަނީ އޭނާ ބައްޕަ ހައްޔަރުކުރީ ހެއްކި ނެތް ކަމެއްގައި ކަމަށް ތުހުމަތުކޮށްފަ އެވެ.
"ހެއްކެތް ނެތް ކަމެއްގައި ކޯޓަށް ގެންދަން ބައްޕަ ހައްޔަރުކުރީ ކުރި ހުވާގެ މާތް ކަމުންތަ؟ ނޫނީ ޒާތީ ކަމެއްގައި މާ މަތިން އަންގައިގެންތަ؟" އީޝާ ވަނީ ސުވާލު ކޮށްފަ އެވެ.
ފުލުހުންގެ މި އަމަލަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އީޝާ ބުނީ މިއީ އާރާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ސަރުކާރެއް ކަމަށެވެ.
އީޝާ ކުރިން ހުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ. އޭނާ ވަނީ ދާދި ފަހުން މަގާމުން ވަކިކޮށްފަ އެވެ.
އީޝާ ވަކިކުރި ދުވަސްވަރު އޭނާގެ ފޯނު ހިފެހެއްޓުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ހަކުރު ބަލި ކޮންޓްރޯލް ކުރަން ގޭގައި ކުރެވިދާނެ ދެތިން ކަމެއް!
އީރާނުގެ އިންޖީނުގެތައް ގޮއްވާލާނެކަމުގެ އިންޒާރު ދީފި