ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން އެކަމާ ރުޅި އައިސްގެންނެވެ.
ސަމާހު މެރުމަށް މިއަދު ހުކުމްކުރީ އޭނާ މެރުމަށް 2012 ވަނަ އަހަރު ކުރި ހުކުމް ބާތިލްކޮށް, އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން 2024 ވަނަ އަހަރު އެންގުމުން އެ މައްސަލަ އަލުން ބެލުމަށްފަހު އެވެ.
ކްރިމިނަލް ކޯޓުން ބުނީ އަލުން މައްސަލަ ބެލިއިރު ވެސް ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އާދަމް ހަލީމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ އޭނާ މެރުމަށް ހުކުމްކުރީ ކަމަށް އެ ކޯޓުން ބުންޏެވެ.
ސަމާހު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ މަރުހަލާ ނިމުމުންނެވެ.
ނާސާއިން ތާރީހީ "އާރްޓެމިސް 2" ފޮނުވާލައިފި
ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު އައްޔަން ކުރަން ފޮނުވައިފި
ބައި ގަރުނު ފަހުން އިންސާނުން ހަނދަށް!