މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ފިލްމު "ދުރަންދަރް 2"އަށް މަޝްހޫރު ތަރި އާމިރު ޚާންގެ ތައުރީފު އޮއްސާލައިފި އެވެ.
ދާދި ފަހުން އެ ފިލްމު ބެލި އާމިރު ވަނީ އެންމެ ފަހުން އެ ފިލްމާ ބެހޭގޮތުން ވާހަކަ ދައްކައި އެ ފިލްމުގެ ޓީމަށް މަރުހަބާ ވެސް ކިޔާފަ އެވެ.
އާމިރުގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ ދުރަންދަރް 2ގެ ޓީމުން ކޮށްފައިވާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.
އެގޮތުން ފަހުގެ ތާރީހެއްގައި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ބޮލީވުޑްގެ އެއް ފިލްމަށް ވެސް އެ ފިލްމު ވެފައިވާކަން އާމިރު ފާހަގަކުރި އެވެ.
"ފިލްމުގެ ޓީމުން ކުރި ބުރަ އަދި މިންނެތް މަސައްކަތަށް މަރުހަބާ ކިޔަން. ތިޔަ ކުރި މަސައްކަތް ބެލުންތެރިން ޔަގީނުން ވެސް ބަލައިގަނެފި" އާމިރު ބުނެފައިވެ އެވެ.
ރަންވީރު ސިންހްއާއި ސަރާ އަރްޖުން ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
ދަރިފުޅަށް ގަނާ ކުރެވެމުން ދާކަން ދެނެގަންނާނީ ކިހިނެއް؟
އިހްސާން އިސްތިއުފާ ދޭން ޖެހޭ ކަމަށް ޝަމްއާން ވިދާޅުވެއްޖެ
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި