ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ ގޮނޑި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކޮށްފި އެވެ.
މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ގޮނޑިއަށްވެސް އެމްޑީޕީގެ މިހާރުގެ މޭޔަރުން ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.
އެއީ މާލެ ސިޓީގެ މޭޔަރުކަން މިހާރު ކުރައްވަމުން ގެންދަވާ އާދަމް އާޒިމް، ފުވައްމުލައް ސިޓީގެ މޭޔަރުކަން މިހާރު ކުރައްވަމުން ގެންދަވާ އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު އާތިފް، އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަލީ ނިޒާރުގެ އިތުރުން ތިނަދޫ މޭޔަރު ސައުދު އަލީ އެވެ.
ތިނަދޫ ފިޔަވާ އެހެން ހުރިހާ ސިޓީއެއްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ތިނަދޫ ގޮނޑި މިހާރު ހުންނެވި ސައުދު އަލީ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިމަތިލެއްވި މުހައްމަދު އަޖީބުގެ ނަތީޖާގައި މާ ބޮޑު ފަރަގެއް ނެތެވެ. ނަމަވެސް އެ ގޮނޑިވެސް ލިބުނީ އެމްޑީޕީ އަށެވެ.
އެމްޑީޕީން ގެންދަނީ މި ކާމިޔާބީ ފާހަގަކުރަމުންނެވެ.
މިއަދު ބޭއްވި އިންތިހާބުގައި ގާތްގަނޑަަކަށް 70 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ލޯކަލް ކައުންސިލު އިންތިހާބުގެ އިތުރުން އަންހެނުންގެ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އާންމު އިންތިހާބުގެ މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކާގޮތުން ދެ އިންތިހާބު އެއްކޮށްލުމަށް ގިނަ ރައްޔިތުން ބުނީ ނުފެންނަކަމަށެވެ.މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުނަށް ލިބުނެވެ.
ކިޔު ބަންދުކޮށްފި، 5:30 ގައި ވޯޓު ގުނަން ފަށަނީ
ހުޅުމާލެ ފޭސް 3ގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ