ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، މިހާރު ގައުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި އެކަންކަން ރަނގަޅު ކުރަން ވަރަށް އުނދަނގޫ ވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިލެކްޝަންތަކުގެ ނަތީޖާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އިހްތިރާމާ އެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ފިކުރުގެ ހަބަރުތައް ގެނެސްދޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޣަފޫރު ވިދާޅުވީ، ގައުމުގެ ކަންކަން އިސްލާހު ކުރާ ނަމަ އިސްލާހުކޮށްފައި ނުކުރާނެ އެއްވެސް ކަމެއް މިހާރު ނެތް ކަމަށެވެ. ރައީސް މުއިއްޒުގެ އުމުރަށް ވުރެ އެ މަނިކުފާނު ވެވަޑައިގަންނަވާފައިވާ ވައުދުތައް ގިނަ ކަމަށް ފާހަގަކުރައްވައި، ދައުލަތް ހިންގަން ދީފައިވާ ފައިސާ އަށް ރައީސް ހިޔާނާތްތެރިވަމުންދާ ކަމަށް ވެސް ޣަފޫރު ތުހުމަތު ކުރެއްވި އެވެ.
"ރައްޔިތުންގެ ޓެކްސް ފައިސާ މިއީ. ރައްޔިތުން ތަހައްމަލް ކުރާނީ ވެސް ވަކި ވަރަކަށް. ކައުންސިލް އިންތިޚާބަކީ އާއިލާތަކަށް ބެހެ އިންތިޚާބެއް އެކަމަކު މި އިންތިޚާބުގައި ނިކުމެ މި ބުނީ ނޫނެކޭ. މިހާވަރު ވީމަ އަމިއްލަ އަށް އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާ ހިސާބަށް މި ދިޔައީ،" ޣަފޫރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ސިފަކުރެއްވި ގޮތުގައި ސަރުކާރުގެ "ގޯނީގައި މިހާރު އެއްޗެއް ނެތް" ކަމަށާއި، ދެން އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ އެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުން ވަނީ ރާއްޖޭގައި ޤާނޫނުގެ ބާރުވެރިކަން ހިނގުމާއި އިޖުތިމާއީ އަދާލަތު ގާއިމްވެފައި އޮތުމެވެ. ރައްޔިތުންގެ ބާރު ގެއްލޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ބަސް އިއްވަމުންދާނެ ކަމަށާއި، އެއީ ސަރުކާރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބްރެޑްއާއި އެންޖެލީނާގެ ދަރިފުޅު ޝިލޮހްގެ މިއުޒިކް ވީޑިއޯއެއް!
ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ވޯލްޑް ކަޕަށް ކޮލިފައި ވުމުން އަގު ބޮޑު ކާރާއި ބިން ހަދިޔާކުރަނީ