ރާއްޖޭގައި މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ލިޓަން ގެއްލުނު މައްސަލާގައި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވިލިމާލެއިން 2022 ގައި ބޯޓަކުން ފުރިފަހުން ބަންގްލަދޭޝްގެ ލިޓަން ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަނީ އޭނާ މޫދަށް ވައްޓާލައިގެން މަރާލި ކަމަށް ބުނެ އެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން ނިޒާމް 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަވި މުއްދަތު އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހުގެ މުއްދަތުގެ ޖަލު ހުކުމެކެވެ.
އެ މައްސަލާގައި މަރުގެ ދައުވާގެ އިތުރުން ވައްކަމުގެ ދައުވާއަކާއި މަސްތުވާތަކެތީގެ ދައުވާއެއް ވެސް ނިޒާމްގެ ސާބިތުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަތަކުގައި އޭނާގެ މައްޗަށް އޮތީ ޖަލު ހުކުމެއް އިއްވައިފަ އެވެ
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ